މުޞްޙަފް ބަލައިގެން ތަރާވީޙް ނަމާދުގައި ނުވަތަ އެހެން ސުންނަތް ނަމާދެއްގައިވެސް ކިޔެވިދާނެކަމަށް އޮތް ދަލީލަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ތަރާވީޙް ނަމާދުގައި ނުވަތަ އެހެން ސުންނަތް ނަމާދެއް ކަމުގައި ވީނަމަވެސް، އެ ނަމާދުގައި، އިމާމްވިޔަސް ނުވަތަ އެކަނި ކުރާ މީހާވެސް އެކަން ހުއްދަވެގެންވެ އެވެ. ދަލީލުތަކަށް އެދިފައި އޮތުމުން އެކަމުގެ ބައެއް ދަލީލުތައް ބަޔާން ކުރަމެވެ.
1. މާތް ނަބިއްޔާ ގެ އަނބިކަނބަލުންގެ ފަރާތުން ވާރިދުވެގެންވާ ޢަމަލު ފުޅެވެ. އަޚު، ވިސްނާލުމަށް ގެނެސްގަތުން ހުއްޓެވެ. ނަބިއްޔާ ﷺ ގެ ރޭއަޅުކަން ކުރައްވާގޮތް އަދި ސުންނަތް ނަމާދުތައް ކުރައްވާ ގޮތް އެންމެ ފުރިހަމައަށް ދެނެވަޑައިގަންނަވާ އެއް އިންސާނަކީ ޝައްކެތްވެސް ނުވާ ގޮތުގައި އެކަމަނާ އެވެ. ފަހެ، އެކަމަނާއަކީ ނަބިއްޔާ އެންމެ ލޯބިފުޅުވާ އަނބިކަނބަލުންނެވެ. ވުމުން ދީނުގައި އެންމެ ފިޤުހުވެރި އަދި ޢިލްމުވެރިން އަންހެން ކަނބަލުގޮތުގައި ލަޤަބް ލިބިވަޑައިގެންނެވި ކަމަނާގެ މި ޢަމަލުފުޅު އެކަނިވެސް ދަލީލަށް ޙުއްޖަތަށް އަދި ޙައްޤު ޢަދުލާއި އިންސާފުގެ މަގުގައި ހޯދާ މީހަކަށް ފުދެ އެވެ. އަދި މި ރިވާޔަތަކީ އިމާމް البُخَارِي ގެންނަވާފައިވާ ބަސްފުޅެކެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشة -رضي الله عنها- އަރިއަހުން ވާރިދުވެގެންވެ އެވެ.
(كَانَ يَؤمُّها غُلامُهاَ ذَكْوَان فِي المُصحف) އެކަމަނާގެ ޚާދިމް (ޛަކްވާނު) މުޞްޙަފުން (ބަލައިގެން) އެކަމަނާއެކު ރަމަޟާން މަހު އިމާމްވެ ނަމާދު
ކުރައްވަވަ އެވެ. رواه البخاري 1/170( معلقا)
2. ދެވަނަ ޙުއްޖަތެއްގެ ގޮތުން ބަޔާން ކުރަމެވެ. މި އިމާމް އަކީ ތާބިޢީ ބޭކަލުންގެ ތެރޭގައި ޢިލްމާއި، ޙަދީޘް ރިވާކުރެއްވުމުގައި އެންމެ މަތީފަންތީގައި ގުނާލެވޭ އެންމެ ފުންނާބު އުސް، އިސްލާމީ ޝަރީޢާގެ އަލިގަދަ ދަންމަރެއްފަދަ ބޭކަލެކެވެ. މަދީނާއަށް އުފަންވޑައިގެންނެވި ޢިލްމުވެރި އެކެވެ. ހިޖުރައިން 128 ގައި އަވަހާރަފުޅުވި އެވެ. ވިދާޅުވި އެވެ. الإِمَامُ الزُّهْرِي -رحمه الله- (ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މަޝްހޫރު ބޭކަލެއް) އަރިއަހުގައި ނަމާދުގައި މުޞްޙަފުން ބަލައިގެން ކިޔެވުމާ މެދު ސުވާލު ކުރެވުނެވެ. އެހިނދު ވިދާޅުވި އެވެ. އިސްލާމްދީން ފާޅުވި ދުވަހުއްސުރެން ފަށައިގެން މިއަދާ ޖެހެންދެންވެސް މުސްލިމުން ތިފަދައިން ޢަމަލު ކުރަމުންގެންދެ އެވެ. رواه المرزوي في قيام الليل ٢٣٣ ރިވާޔަތަށް ވިސްނާލުން ހުއްޓެވެ. -އިސްލާމް ދީން ފާޅުވި އިރުއްސުރެންވެސް ފަށައިގެން މިފަދައިން ޢަމަލު ކުރަމުން ދެ އެވެ. ފަހެ 1 ވަނަ ނުކުތާގައި އެވަނީ އެކަމުގެ ހެއްކެކެވެ.
3. އެއަށްފަހު ހަތަރު މަޛްހަބުގެ އިމާމުންގެ ތެރޭގައި މަދީނާގެ އިމާމް ގެ ލަޤަބް ލިބިވަޑައިގެންފައިވާ އިމާމެވެ. الإِمَامُ مَالِك -رحمه الله- ވިދާޅުވެފައިވެ އެވެ. ރަމަޟާން މަހުގައި (ސުންނަތް ނަމާދުގައި) މުޞްޙަފުން ބަލައިގެން އިމާމްވެ ނަމާދު ކުރުމުގައި މައްސަލައެއްނެތެވެ. المدونة ١/٢٨٩
އެއަށްފަހު ބުނާނެ ބަސްތަކެއްވޭ ހެއްޔެވެ؟ ޞަޙާބީން އެކަން ކުރެއްވި އެވެ. ތާބިއީ ބޭކަލުން އެކަން ކުރެއްވި އެވެ. އެއަށްފަހު ފާޅުވި އަހުލުވެރިންވެސްމެ އެވެ. ދެބަސް ވުމަށް އަދި ޚިލާފް ގެނައުމަށް އޮތް ބަސްތަކެއް އެއަށްފަހު ކޮބައިތޯ އެވެ؟ އަދިވެސް އެފަދަ އެހެން ރިވާޔަތެކެވެ.
4. الإِمَامُ ﺃَﺑُﻮْﺩَاﻭُﺩ -رحمه الله- ވިދާޅުވެފައިވެ އެވެ. الإمام أَحْمد بِن حَنبل -رحمه الله- އަރިއަހުގައި މީހަކު މުޞްޙަފުން ބަލައިގެން އިމާމްވެ ނަމާދު ކުރުމާ މެދު ސުވާލު ކުރެވުނެވެ. ފަހެ، އެހިނދު އެކަމަށް ހުއްދަދެއްވި އެވެ. مسائل أبي داود ٩٢
ޙަޤީޤަތަކީ މިއީ ނުހަނު މަތިވެރި ރިވާޔަތެކެވެ. އިމާމް ﺃَﺑُﻮْﺩَاﻭُﺩ އަކީ މާތް ނަބިއްޔާ ގެ ޙަދީޘްތައް ޖަމަޢަކޮށް ފޮތް ލިޔުއްވި މަޝްހޫރު ބޭފުޅުންގެ ތެރެއިން ޛިކުރު ކުރެވޭ އެއް ބޭފުޅެވެ. އަދި ކިޔެއްތަ، ސުންނަތުގެ 6 ފޮތުގެ ތެރޭގައި ގުނާލެވޭ އެއް ފޮތުގެ ޞާޙިބާ އެވެ. މި މައްސަލައިގައި ސުވާލުކޮށްފައިވަނީ އުއްމަތުގެ ސުންނަތް ޖަމާޢަތުގެ އިމާމްގެ ލަޤަބް ލިބިވަޑައިގެންނެވި އިމާމް أَحْمد بِن حَنبل ގެ އަރިހުގައި އެވެ.
ފަހެ، މިއީ މި މައުޟޫގައި ފުދޭނެ މިންވަރެއް ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.